އެމްޑަބްލިޔުއެސްސީގެ ފުރަތަމަ ދިވެހި މުވައްޒަފު ނިޔާވެއްޖެ
އެމްޑަބްލިޔުއެސްސީގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ފުރަތަމަ ދިވެހި މުވައްޒަފު ކަމަށްވާ މުހައްމަދު ޝާފިއު ނިޔާވެއްޖެއެވެ.
1995 އަހަރުން ފެށިގެން އެތަނުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޝާފިއު ނިޔާވި އިރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް މެނޭޖަރުގެ މަގާމުގަ އެވެ.
ޝާފިއު ނިޔާވުމުގެ ހިތާމައިގައި އެމްޑަބްލިއުއެސްސީގެ ދިދަ ތިން ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމައިފަ އެވެ.
ޝާފިއު ނިޔާވީ ރޭ ފަތިހު، އުމުރުން 57 އަހަރުގަ އެވެ. ކަށުނަމާދު އޮންނާނީ މިރޭ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް