ތ.ވަންދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ތ. ވަންދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި ވަންދޫއިން މީހަކު ހައްޔަރުކުރިކަން ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. މިކަމާ ބެހޭގޮތުން ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 61 އަހަރުގެ ފިރިހެނެއް ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އެ ރަށުގެ މުދިމެވެ.
ނަމަވެސް، ފުލުހުން އެ މީހާގެ ވަނަވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު 18:05 ހާއިރުއެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ކުރަން ޖެހޭ ތަހުގީގުތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް