24ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ތިން ކެފޭއަކަށް
24ގަޑިއިރު ވަންދެން ވިޔަފާރި ކުރުމުގެ ހުއްދަ މާލޭގެ ތިން ކެފޭއަކަށް ދީފިއެވެ.
މިކަން ވަނީ އިކޮނޮމިކް މިނިސްޓްރީން ޓްވިޓަރ މެދުވެރިކޮށް އިއުލާންކޮށްފައެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވަނީ ހުޅުލާލޭ ފެރީޓާމިނަލްގައި ހިންގާ ސީހައުސްއާއި ސޯސަންމަގު ސެފްރޯން ކެފޭ އަދި ވެސްޓް ހާބަރ ފުޑްކޯޓުގައި ހުންނަ ނައިސް އެން ސްޕައިސްއަށެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން މީރާއަށް ދެހާސް ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 2 އަހަރުގެ މުއްދަތަކަށް ދޭއިރު، 2 އަހަރު ވުމުން ހުއްދަ އާކުރުމަށް ހުށަހަޅަންޖެހޭނެކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް