ރާއްޖެއާއި ރޮމޭނިޔާއިން ސަރަހައްދީ ކަންކަމުގައި މަޝްވަރާކުރަނީ
ސަރަަހައްދީ ކަންކަމުގައި މަޝްވަރާކުރާނެ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއާއި ރޮމޭނިޔާއިން ނިންމައިފިއެވެ.
މިގޮތަށް ނިންމާާފައިވަނީ ރޮމޭނިޔާއަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅަށްފަހު ނެރުނު ޖޮއިންޓް ޕްރެސް ރިލީޒެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސަރަހައްދީ ކަންކަމުގައި ގަވައިދުން މަޝްވަރާ ކުރުމާ ގުޅޭ، މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފައިވާނެކަމަށެވެ. މީގެ އިތުރުން ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
އެއީ ވިޔަފާރި، ޓޫރިޒަމް، ތައުލީމީ ދާއިރާ އަދި ކާބޯތަކެތި އުފެއްދުުމުގެ ދާއިރާއިން ދެގައުމުން އެއްބާރުލުން ދިނުމަށެވެ. އަދި، ކާރިސާތަކުން ލިބޭ ގެއްްލުމާއި މޫސުމީ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމުގައި ފަންނީ އެއްބާރުލުން އިތުރު ކުރުމަށްވެސް ވަނީ މަޝްވަރާކުރެވިފައެެވެ.
މިއީ ރާއްޖެއާއި ރޮމޭނިއާާއާއި ދެމެދުގައި ސިޔާސީ ގުުޅުން ގާއިމްކުރިތާ 40 އަހަރު ފުރޭ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް