އަލިފާންރޯވި ޖާބިރުގެ ގެސްްޓްހައުސްއިން ރާފުޅިތަކެއް ފެނުނު: ފުލުހުން
މިމަހުގެ ހަތްވަނަ ދުވަހު އަލިފާން ރޯވި އަބްދުﷲ ޖާބިރުގެ ގެސްޓްހައުސްއިން ރާފުޅިތަކެއް ފެނުނުކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އއ.މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް ތަން ހުސްކުރުމުގެ މަސައްކަތް ފެށިކަމަށެވެ.
އަދި އެ މަސައްކަތް ކުރަމުންދަނިކޮށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ގެސްޓްހައުސްެގެ ކޮަޓަރިއެއް ބެލިއިރު، ތިން ބަނގުރާފުޅި ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ. މިކަމުގައި އެއްވެސް ފަރާތެއް އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް