ވަގުތުން ވަގުތަށް ބޭނުންކުރަން ހުރި ރިޒާވްގެ އަދަދު ދަށްވެއްޖެ
ދިވެހިރާއްޖޭގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރެވެން ހުރި ފައިސާގެ އަދަދު ދަށްވެއްޖެއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަސް ނިމިގެންދިޔައިރު، ޔޫޒަބަލް ރިޒާވްގެ އަަދަދުހުރީ 248.4މިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ މަސް ނިމުނުއިރު ހުރި 275.4މިލިޔަނާއި އަޅާބަލާއިރު، 27މިލިޔަން ރުފިޔާގެ ވެއްޓުމެކެވެ.
މި މަހަކީ ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ އަދަދު އެންމެ ދަށްވެގެން ދިޔަ މަސްކަމަށް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އޮގަސްޓް މަހުގެ ތެރޭގައިވަނީ ރާއްޖޭގެ ގްރޮސް އިންޓަރނޭޝަނަލް ރިޒާވްވެސް ދަށްވެފައެވެ.
އެގޮތުން ބަލާލާއިރު، އޮގަސްޓް މަސް ނިމުނުއިރު އެ ރިޒާވްގައި ހުރި ފައިސާގެ އަދަދު ހުރީ 612.1 މިލިއަން ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް