ވަކި ސަރަަހައްދުތަކެއްގައި ޕާކްކުރާނަމަ މީގެފަހުން ސްޓިކަރ ޖަހާނެ
ވަކި ސަރަހައްދުތަކެއްގައި ގަވާއިދާއި ޚިލާފަށް ވެހިކަލް ޕާާކްކުރާނަމަ، ސްޓިކަރ ޖަހަން ފުލުހުން ނިންމައިފިއެވެ.
މިކަން ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މިގޮތަށް އުސޫލަށް ބަދަލުގެންނަން ޖެހުނީ ގަވާއިދާއި ޚިލާފަށް ޕާކްކުރާ ފަރާތްތަކުގެ ސަބަބުން އާންމުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދާތީކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސްޓިކަރ ޖެހުމަށް ނިންމާފައިވަނީ ވަކި ސަރަހައްދުތަކެއްގައި ޕާކްކުރާ ނަމައެވެ.
އެގޮތުން މިސްކިތްތައް ކައިރި، ކަފިހި ހުރަސްތައް ކައިރި، ދުވާރު، މަގު ނުވަތަ ގޯޅިތަކުގެ ކަންމަތި، ސްކޫލްތައް ކައިރި، ހޮސްޕިޓަލްތައް ކައިރި، ޕާކްތައް ކައިރި، ބޮޑުތަކުރުފާނުމަގުގެ ތާރު އަޅާފައިވާ ސަރަހައްދު، ފުލުހުންގެ ކޯން ނުވަތަ ބެރިކޭޑް ބެހެއްޓިފައިވާ ސަރަހައްދު އަދި ޑަބަލް ލައިން ދަމާފައިވާ ސަރަހައްދުތަކުގައި ޤަވައިދާއި ހިލާފަށް ޕާކް ކޮށްފިނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް