ކުރީގެ މިނިސްޓަރ އަޒްލީން ޕީޕީއެމްއިން ވަކިކޮށްފި
ނިމިިދިޔަ ސަރުކާާރުގައި ހޯމް މިނިސްޓަރ ކަމުގެ މަގާާމު އަދާކުރެއްވި، އަޒްލީން އަހުމަދު ޕީޕީއެމްއިން ވަކިކޮށްފިއެވެ.
އަޒްލީން އެޕާޓީން ވަކިކޮށްފައިވަނީ ސުލޫކީ ކޮމެޓީން އޭނާގެ މައްސަލައެއް ބެލުމަށްފަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަޒްލީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ނިންމަވާފައެވެ.
ނަމަވެސް އެދާއިރާާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހިމް ފައިސަލް ވާދަކުރުމަށް ވަނީ ހަމަޖައްސާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް