ތިލަފުށިން ގުދަން ކުއްޔަށް ހިފަން ހުޅުވާލައިފި
ތިލަފުށިން ކެމިކަލްފަދަ ބާވަތްތައް ބަހައްޓާނެ ގުދަންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ތިލަފުށި ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިންނެވެ.
ޖީއެމްއައިޒެޑުން ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގައި ކެމިކަލް ރައްކާ ކުރާ ގުދަންތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަންތަން ދޫކުރާނީ ފޯމު ހުށަހެޅުމުން ކަމަށެވެ. އަދި ގުދަން ދޫކުރުމުގައި އިސްކަން ދޭނީ އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތްތަކަށްކަމަށް އެ ކުންފުނިން ބުންޏެވެ.
ޖީއެމްއައިޒެޑުން ބުނިގޮތުގައި އެކުންފުނިން މަސައްކަތްކުރަނީ އެންމެ ލަސްވެގެން ދެ މަސް ތެރޭގައި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްކަމަށެވެ.
ތިލަފުށިން ގުދަންތައް ދޫކުރުމަށް ނިންމާފައިވަނީ އެންމެ އަގުބޮޑުވެގެންވެސް 15 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް