ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށައިފި
މިއަދު ކުރިއަށްގެންދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ނަތީޖާތައް އިއުލާންކުރަން ފަށާފައިވަނީ މީހުން ކިއުގައި ނެތުމުގެ ސަބަބުން މިރޭ 8:30ގައި ބަންދުކުރި ފޮށިތަކެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިރޭ 9:30 ވަންދެން ކުރިއަށްދިޔައެވެ.
އެމްޑީޕީން މައުލޫމާތު ދޭގޮތުގައި ވޯޓުފޮށިތައް ބަންދުކުރެވެމުންދާ މިންވަރަކުން އެ ފޮށިތައް ގުނައި، އިއުލާންކުރެވެމުންދާނެއެވެ.
ބުނެފައެވެ. މި އިންތިޚާބުގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.
މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިހާރު މި ގައުމުތަކުގައި ވެސް ވޯޓްލުން ފަށައިގެން ކުރިއަށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް