ލ.ގަމުގެ ގެއެއްގައި އަލިފާން ރޯވެ އަނދައިފި
ލ. ގަމުތުނޑީ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު މިއަދު މެންދުރު 12:58 އެހާކަންހާއިރު އަލިފާން ރޯވެފައި ވަނީ ސުނާމީގެ ހާދިސާއަށްފަހު މުންޑޫ އާއި ކަޅައިދޫ މީހުން އަލަށް އާބާދުވި ސަރަހައްދުގައި ހުރި ގެއެއްގަ އެވެ.
އަލިފާނުގެ އެ ހާދިސާ ހިނގި ވަގުތު އެގޭގައި އެއްވެސް މީހަކު ނެތެވެ.
ގަމު ކައުންސިލް މެންބަރު އިސްމާއިލް ޒަކީ މައުލޫމާތު ދެއްވި ގޮތުގައި އެ ރަށުގެ ތުނޑީ އަވަށުގައި ހުރި ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ނިއްވާލި ނަމަވެސް ގެއަށް ވަރަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ އަލިފާނުގެ އެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. އެނިފައިވާ ގޮތުގައި އެ ގޭގައި ރޯވީ ކަރަންޓް ޝޯޓެއްވެގެނެވެ.
ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި އެގޭގައި ދިރިއުޅޭ އެގާރަ މީހުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކައުންސިލާއި ޑިޒާސްޓާ މެނޭޖް މެންޓް އޮތޯރިޓީ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް