އޭސީސީއަށް ދެއްވި ބަޔާނުގައި ރައީސް ޔާމީން އިނގިލީގެ ނިޝާން ނުޖައްސަވާ!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށް އެމަނިކުފާނު ދެއްވި ބަޔާނުގައި އިނގިލީގެ ނިޝާން ޖައްސަވާފައި ނުވާކަމަށް އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވިއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައެވެ.
މުއައްވިޒް ރަޝީދު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީނާއި ބައްދަލުކުރީ ތަހުގީގުގެ ބަޔާން ނެގުމަށްކަމަށާއި އެ ބައްދަލުުވުމުގައި ބައިވެރިވީ އެކޮމިޝަންގެ އޭރުގެ ރައީސް ހަސަން ލުތުފީއާއި މުއައްވިޒް ކަމަށެވެ.
އެބޭފުޅާ ވިދާޅުވީ އެ ބަޔާން ނެގި ވަގުތު އެކަން ރެކޯޑްކުރުމަށް ރައީސް އޮފީހުން ހުއްދަ ދީފައިނުވާ ކަމަށާއި ރައީސް ޔާމީން ދެއްވި ބަޔާނުގައި އިނގިލީގެ ނިޝާން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް