N/A
N/A
ހަބަރު 28 Feb 2019 | 10:43

އޮޅުވާނުލައްވާ! ޕާޓީވިޔަސް އަމިއްލަ ވިޔަސް ވާންޖެހޭނީ ރައްޔިތުންގެ ކެނޑިޑޭޓަށް

ރައްޔިތުންގެ މަޖިލީހަކީ އަޣުލަބިއްޔަތުން ކަންކަން ނިންމާ ތަނަކަށް ވުމުން، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށް، މަޖިލީހަށް އިންތިޚާބުވާ ފަރާތްތަކަށް ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކޮށް ނުދެވޭނެ ކަމަށް ދާދި ފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ ސިޔާސީ ގޮތުން މި ރާއްޖޭގައި އެންމެ ތަޞައްރުފު ފުދިފައިވާ އެއް ބޭފުޅާ ނަމަވެސް، އެ މަނިކުފާނުގެ މި ވާހަކަފުޅަކީ ސިދާ ސިޔާސީ ކަރަކަންދާއްޔެކެވެ. ސިޔާސީ ގޮތުން ތަޞައްރުފު ނުފުދޭ، ނާތަހުޒީބީ ފިކުރުފުޅެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައި ވަނީ ދިވެހި ދައުލަތުގެ ބާރުތަށް ފެށިގެން އަންނަނީވެސް، އަދި އެ ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މަޖިލީހަށް ކުރިމަތިލާ މީހާއަކީ ދިވެހި ރައްޔިތަކަށް ވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، ސުންނަތް ޖަމާޢަތުގައި ހިމެނޭ މުސްލިމަކު ކަމުގައި ވުމާއި، އުމުރުން އަށާރަ އަހަރު ވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރުމެވެ. ޕާޓީއެއްގެ ވާހަކައެއް ނެތެވެ.

ހަޤީޤަތަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވަނީ ކޮންމެ ދާއިރާއަކުން، ކޮންމެ ހައިސިއްޔަތަކުން ކަމުގައި ވީނަމަވެސް، އެ މީހަކު މަޖިލީހަށް އިންތިޚާބުވާ ހިސާބުން އޭނާ ދިވެހި ހުރިހާ ރައްޔިތުންގެ މަންދޫބަކަށް ވެގެންދާ ކަމެކެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގައި ސީދާ ގޮތެއްގައި މެންބަރު އިންތިޚާބު ކުރި ދާއިރާއަށްޓަކައި ކޮށްދެވެނީ ދެ ކަމަކަށް ވުމެވެ. އެއީ ދައުލަތުގެ ބަޖެޓު ކަނޑައަޅާއިރު މެންބަރު ނިސްބަތްވާ ދާއިރާއަށް ޕްރޮޖެޓްތައް ކަނޑައެޅުމަށް ހުށަހެޅުމާއި، ދާއިރާގައި ހިނގާ ކަންކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމަށް ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމެވެ. މި ދެ މަސައްކަތް ކުރުމަށް މެންބަރު ވަކި ޕާޓީއެއްގައި ހުރުން ލާޒިމެއް ނޫނެވެ.

ދައުލަތުގެ ބަޖެޓު ކަނޑައަޅާއިރު، މެންބަރު ވަކި ޕާޓީއެއްގައި ހުރީތީ އޭނާގެ ދާއިރާއަށް އެ ބަޖެޓުގައި އިސްކަން ދެވޭނަމަ، އެއީ ޕާޓީގައި ހުރުން އިސްކޮށް، ޕްރޮމޯޓް ކުރަންވީ ސަބަބެއް ނޫނެވެ. ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލިބެނީ ވަކި ޕާޓީއަކަށް ނިސްބަތްވެގެން ކަމަށްވާނަމަ އެއަށް ކިޔައި އުޅެނީ ކޮރަޕްޝަނެވެ.

ދެން އޮތީ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ކަންކަން އަޣުލަބިއްޔަތުން ނިންމުމުގެ ވާހަކައެވެ. ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަން ހިނގާނެ ގޮތުގެ ހިތި ރަހަ ވޭތުވެދިޔަ 5 އަހަރު ދިވެހި ރައްޔިތުންގެ އަރުތެރޭގައި ނިކަން ރަނގަޅަށް ލައިފިއެވެ. މަޖިލީހަށް ޕާޓީތަކުން އަތްގަދަކުރާ ނިޒާމުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައްޔިތުންގެ އެތައް ޙައްޤުތަކެއް ނިގުޅައިގަނެ، ރައްޔިތުންނަށް އެތައް ގޯނާއެއް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެންބަރަކު އިނދެ، މަޖިލިހަށް ހުށަހަޅާ ކޮންމެ ބިލެއް، ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުން ބޭރުކޮށްލައި، މަޖިލިހުން ޖާގަ ލިބެނީ ހަމައެކަނި ޕާޓީތަކުން ހުށަހަޅާ ކަންކަމަށް ކަމަށް ވާނަ އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަންކަންތޯ ސުވާލު އުފެދެއެވެ. އެ ހާލަތުގައި ރައްޔިތުންނަށް ކިތަންމެ ލާބަ އާއި މަންފާ ލިބޭގޮތަށް ކަމެއް ބައްޓަން ކުރުމަށް އަމިއްލަ މެންބަރަކު ކަމެއް ހުށަހެޅި ނަމަވެސް އެކަމެއް މަޖިލިހުން ބޭރުކޮށްލާނެއެވެ. ކަން މިހެން ހިނގާނަމަ، ނުވަތަ ކަން ހިނގާނީ މިހެން ކަމަށް ރައްޔިތުންނަށް ޤަބޫލުކޮށްދޭން ބަޔަކު އުޅޭނަމަ، އެއީ ރައްޔިތުންގެ މަޖިލީސްތޯވެސް އެހިސާބުން ސުވާލު އުފެދެއެވެ.

މަޖިލިހުގައި ކަންކުރާ އުސޫލަކީ މެންބަރަކު ބިލެއް ހުށަހެޅުމަށްފަހު އެ ބިލްގައިވާ ކަންކަމަކީ މުހިއްމު ކަންތައްތަކެއްކަން އެހެން މެންބަރުންނާއި ރައްޔިތުންނަށް ވިސްނައިދީގެން އެ ބިލަށް ތާއީދު ހޯދުން ކަމަށްވާއިރު، ޕާޓީއެއްގައި ނުހިމެނުމަކީ ރައްޔިތުންނަށް ޚިދުމަތް ކޮށް ނުދެވޭންވީ ސަބަބެއް ނޫނެވެ.

މީގެ އަނެއް ކޮޅުވެސް އެބައޮތެވެ. އަޣުލަބިއްޔަތު އޮތުމުން، ވޭތުވެދިޔަ ފަސް އަހަރު ކަންތައް ކުރިގޮތަށް، ޕާޓީގެ މެންބަރު ހުށަހަޅާ ބިލަށް، ތާޢީދުކޮށްގެން އެ ޕާޓީއަށް ނިސްބަތްވާ އެހެން ހުރިހާ މެންބަރުން ހަމަ ތިބެންވީ ހެއްޔެވެ. އަދި އެއީ ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތިކަމެއް ލިބިގެންދާނެ އެއްޗެއް ނަމަވެސް މައްސަލައެއް ނެތް ހެއްޔެވެ؟

މި ކަމުގައި ޤާބިލުކަމުގެ ވާހަކަވެސް ފާހަގަ ކުރުމަކީ މުހިއްމު ކަމެކެވެ. ދާއިރާއަކަށް ޕާޓީއަކުން ނެރެފައިވާ ކެނޑިޑޭޓަކީ ވައްކަމާއި، ކޮރަޕްޝަންގެ ޓްރެކް ރިކޯޑް އޮތް މީހަކު ނަމަވެސް، ޕާޓީ ރޫހުގައި އޭނާއަށް ވޯޓުލާން ވީ ހެއްޔެވެ؟ އެ ދާއިރާއަށް އަމިއްލަ ގޮތުން ނުކުމެ ހުރި ޤާބިލު، ފަސްބައި ސާފު މީހާ ފެއިލްކޮށްލަންވީ ހެއްޔެވެ؟ އަމިއްލަ މަސްލަހަތެއް ނެތް އަމިއްލަ ކެނޑިޑޭޓް ބަހައްޓާފައި، މަޖިލީހަށް އިންތިޚާބު ވުމުގައި އަމިއްލަ މަސްލަހަތު އޮތް ވިޔަފާރިވެރި މަހުޖަނު ހަމަ އިންތިޚާބު ކުރަންވީ ހެއްޔެވެ؟

މުހިއްމު ކަމަކީ އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަމެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބު ކުރާ މީހާއަކީ އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން ހުރި މީހެއް ނަމަ، އެއީ އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓަކަސް، ޕާޓީއެއްގެ ކެނޑިޑޭޓަކަސް، އޭނާ ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރާނީ ރައްޔިތުންނަށެވެ. އަމިއްލަ މެންބަރު ރައްޔިތުންނަށް ފައިދާވާ ބިލެއް މަޖިލިހަށް ހުށަހެޅުމުން، އޭނާއަކީ އަޣުލަބިއްޔަތު އޮތް ޕާޓީގެ އާއިލާގައި ނުހިމެނޭ މީހަކަށް ވީތީ އެ ބިލް މަޖިލީހުން ބޭރުކޮށްލާނަމަ، އޭގެން ދޭހަވަނީ އަޣުލަބިއްޔަތުގެ ހަރާންކޯރުކަމެވެ. އެއީ އަމިއްލަ މެންބަރު އެ މަޖިލީހަށް އިންތިޚާބު ކުރި ރައްޔިތުންނާއި، އެ މެންބަރުގެ މަސައްކަތުން ފައިދާވާން ތިބި ދިވެހި ރައްޔިތުންނަށް ވެވޭ ބޭވަފާއަކަށް މެނުވީ ނުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...