ކައިވެންޏަށް ޚާއްސަ އޮފީހެއް އުފައްދައި، ހަޟާނާތުގެ ފައިސާ ބޮޑުކުރަނީ
ކައިވެނީގެ ކަންތައްތައް ކުރުމަށް ސަރުކާރުގެ އިދާާރާއެއްގެ ގޮތުގައި ވަކި އޮފީހެއް އުފެއްދުމަށް ހުށައަޅައިފިއެވެ.
މިގޮތަށް ހުށައަޅާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.
އޭޖީ އޮފީހުން ހުށަހެޅީ ކައިވެނި ރަޖިސްޓްރީ ކުރަން "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" ނަމުގައި އިދާރާއެއް އުފެއްދުމަށެވެ. މިއޮފީހުން ކައިވެނިކުރުމަށް ހުއްދަދީ، ރަޖިސްޓްރީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އޮފީހުގެ މަސައްކަތްތަކުގައި ރަށްރަށުގެ ކައުންސިލްތަކުގެ ހިއްސާވެސް ހިމެނުމަށް ވަނީ ނިންމާފައެވެ. އޭގެ ސަބަބުން މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ކައިވެނީގެ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ސިމްޕޯޒިއަމްއަށް ވަނީ ދަރިން ބެލެހެއްޓުމަށް ދޭ ހަޟާނާތުގެ ހަރަދު ބޮޑުކުރުމަށްވެސް ހުށައަޅާފައެވެ. މިހާރު ހަޟާނާތުގެ ގޮތުގައި ދޭންޖެހެނީ 2000 ރުފިޔާއެވެ.
ނަމަވެސް އޭޖީ އޮފީހުން ހުށައަޅާފައިވަނީ ޝަރީއަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައެޅުމަށް ހުށައަޅާފައެވެ. އަދި މިފަދަ މައްސަލަތައް އަވަސް މުއްދަތެއްގައި ނިންމުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް