ބަންޑުން ޖަހާލި ލޯންޗް ފެނިއްޖެ، ދަތުރުކުރީ ކޮޅިގަނޑެއްގައި!
ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ޖެހިގެންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، އެ ކުޑަ ލޯންޗް ބަންޑުންޖަހާލީ ކޮޅިގަނޑެއްގައި ކަމަށެވެ.
މި ލޯންޗްގެ ފަރާތްތައް ދަތުރުކުރަމުންދިޔައީ ލައިފް ޖެކެޓެއް ނެތިކަމަށް އެމްއެންޑީއެފުން ވަނީ ފާހަަގަކޮށްފައެވެ.
މި ލޯންޗް މިހާރު ވަނީ އާންމުންގެ އެހީތެރިކަމާއި އެކު އެއްގަމަށް ގެނެސްފައެވެ.
މި ހިތާމަވެރި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް