ލުތުފީ މާލެ ގެނައުމަކީ މިވަގުތަށް މުހިންމު ކަމެއް: ޖާބިރު
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މިވަގުތު މާލެއަށް ގެނައުމަކީ މުހިންމުކަމެއް ކަމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާާބިރު މިހެން ވިދާޅުވީ ލުތުފީ ރާއްޖެއަށް ގެނައުން ލަސްވަމުންދާާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ލުތުފީއާއި މެދު ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ބެލުމަކީ މިވަގުތަށް މުނާސަބުކަމެއް ނޫންކަމަށެވެ. އަދި މިވަގުތު ބަލަންޖެހޭނީ އެކަމާއި މެދު މި ސަރުކާރުން އަމަލުކުރަމުންދާ ގޮތްކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ ލުތުފީ މާލެ ގެނައުމަކީ މި ވަގުތަށް މުހިންމު ކަމެއް ކަމަށާއި ގެނައުމަށްފަހު މާފު ދިނަސް، މިނިވަންކުރިއަސް، ނުވަތަ ޖަލަށް ލިޔަސް އެއީ އެހެން މައްސަލައެއް ކަމަށެވެ.
އަދި މި ސަރުކާރުން ލުތުފީ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ގަބޫލުކުރާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް