ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ހަތް ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
ޒުވާނުންގެ ގޮނޑިތަކަށް ޖުމްލަ 12 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތަކަކީ:
ސިމާން ހާދީ (881 ވޯޓު)
އިބްރާހީމް އަދްޔާން ނިމާލް (857 ވޯޓު)
މަލްޝާ ޝަރީފު (856 ވޯޓު)
މުހައްމަދު އަސީލު (852 ވޯޓު)
ލުޖައިނުالله ޒުހައިރު (851 ވޯޓު)
އިސްމާއީލް ރިފާއު (850 ވޯޓު)
ހައްމާދު ރަޝީދު (849 ވޯޓު)
މިއަދުގެ އިންތިޚާބުގައި ޒުވާނުންގެ ގޮނޑިތަކުގެ އިތުރުން ޕީއެންސީގެ ހަ ނައިބު ރައީސުން ހޮވައި އަންހެނުންނަށް ޚާއްޞަ 10 ގޮނޑިއަށް ވެސް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ.
މަތީ މަޖިލީހުގެ ޢާންމުކޮށް ހުޅުވައިލެވިފައިވާ 18 ގޮނޑިއަށް 70 އަށް ވުރެ ގިނަ ފަރާތުން ވާދަކުރެއެވެ. ހަމައެހެންމެ ޕާޓީގެ އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެކި މަޤާމުތަކަށް މެންބަރުން ހޮވުމުގެ މަސައްކަތް ވެސް މިއަދުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް