ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ހުރި 56 އުޅަނދެއް ނައްތާލައިފި
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ހުރި 56 އުޅަނދެއް ނައްތާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިމަހުގެ 17 ވަނަ ދުވަހު މިނިސްޓްރީގެ އިސްނެގުމުގެ މަތިން ފެށި މި މަސައްކަތަކީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ޕްރޮގްރާމް ގެ ތެރެއިން ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ. އަދި އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް މި ޕްރޮގްރާމް ގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް