ދިރާގުގެ ޚިދުމަތުގެ މައްސަަލަ އެންމެ ފަހުން މަޖިލީހަށް!
ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުނިކަމަށްވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ޚިދުމަތުގެ ފެންވަރުގެ ދަށްވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ކޮމެޓީއަށް ހުށައެޅުމަށް ނިންނެވީ ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.
މެންބަރު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާގަކީ މި ސަރަހައްދުގައި އިންޓަރނެޓްގެ ޚިދުމަތުން އެންމެ ބޮޑު އަގެއް ރައްޔިތުންގެ އަތުން ނަގާ ކުންފުނިކަމަށެވެ. ނަމަވެސް އެކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ދަށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާންމުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް މިކަން ބަލައި ތަހުގީގުކުރުމަށް ހުށައަޅާނެކަމަށެވެ.
ދިރާގުގެ އިންޓަރނެޓްގެ ޚިދުމަތަށް ފަަހަކަށް އައިސް ބުރޫ އެރުންތަކާއި ކުރިމަތިވެފައިވާއިރު، އޭގެ ސަބަބުން އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް