އެމްޑީއެންގެ ރިޕޯޓުގެ އެއްވެސް މުޞައްނިފެއް ރާާއްޖެއަކު ނެތް: ފުލުހުން
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގެ މުސައްނިފުން ދިވެހިރާއްޖޭގައި ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނީ މި ރިޕޯޓުގެ މައްސަލަ ހުށައެޅުނުއިރުވެސް، ރިޕޯޓުގައި މުސައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުން ތަހުގީގަށް ހާޒިރުކުރުމާއި ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވިފައިވާއިރު، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްްދުނުކުރެވިފައިވާ ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކޮށްގެން އަންގަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ތަހުގީގަށް މައުލޫމާތު ދެވިދާނެކަމަށް ބެލެވޭ ފަރާތްތަކާއި ފުލުހުން ސުވާލު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މި ރިޕޯޓް ތައްޔާރުކުރިއިރު އެމްޑީއެންގައި މަސައްކަތްކުރި ފަރާތްތަކާއި މައްސަލައާއި ގުޅުންހުރި އެކި ފަރާތްތަކާއި ސުވާލުކުރަމުން އަންނަކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިރޭގެ ބަޔާނުގައި ފުލުހުން ވަނީ ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާ ބައިބައިވުމާ ރުޅިވެރިކަން އުފެއްދޭ ފަދަ ވާހަކަތައް ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުން ކަމަށް ދައްކައި ފިތުނަވެރި އަަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު އަމަލު ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް