މަގޭ ބިޓުގެ ވެޑިން ޕޯސްޓަރު
މަގޭ ބިޓުގެ ވެޑިން ޕޯސްޓަރު
ލައިފްސްޓައިލް 02 Sep 2026 | 06:05

އޮލިމްޕަސް ހެއްވާލަން ޑާކްރެއިން ތައްޔާރު؛ މަގޭ ބިޓްގެ ވެޑިން މިރޭ ޕްރިމިއާ ކުރަނީ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ދިވެހި ސިނަމާގެ އެއް ނަންބަރު ފިލްމި ސްޑޫޓިއޯ، ޑާކްރެއިން އެންޓަޓައިމަންޓްގެ އައު ފިލްމް “މަގޭ ބިޓްގެ ވެޑިން” މިރޭ ޕްރިމިއާ ކުރަން ތައްޔާރު ވެއްޖެ އެވެ.

“ޖަންނަތު” ގެ ނަމުގައި ވަރަށް އަސަރުގަދަ ފިލްމެއް ގެނެސްދީ މުޅި މުޖްތަމައު ހޭލުންތެރިކުރުވައިދިނުމަށް ފަހު ޑާކްރެއިންގެ ޓީމް މިރޭ ތައްޔާރުވަނީ ސިނަމާއަށް ހާޒިރުވާ ބެލުންތެރީން ހެއްވާލާށެވެ.

ހެއްވާ މަޖާ، ރީތި ފިލްމުތަކެއް ވެސް ގެނެސްދިން ޑާރްކެއިންގެ އައު ފިލްމާއި ގުޅޭގޮތުން ތަރީން ވަނީ ވާހަކަ ދައްކާފަ އެވެ. ހުރިހާ ތަރީން ވެސް ބުނީ މިއީ ބެލުންތެރީން ހެއްވާލާނެ ފިލްމެއް ކަމަށެވެ. ފިލްމުގެ އެންމެ މަޖާ ސީންތަކާއި ގުޅޭގޮތުން އެ ތަރީން ވަނީ ވާހަކަ ދައްކާފަ އެވެ. އިންޓަވިއުތަކުގައި ހުރިހާ ތަރީންނަށް ވެސް ހިނިގަނޑު ހިފަހައްޓާލައިގެން ތިބެވެނީ ހަމަ ކިރިޔާ އެވެ.

މި އިންޓަވިއުތައް ޑާކްރެއިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ބަލައިލެވޭނެ އެވެ.

ފިލްމުގެ މައިގަނޑު ތަރީންނަކީ ޝަރަފް އަބްދުﷲ އާއި ފާތިމަތު ރާޔާ އަބްދުﷲ އާއި ޝާފިއު އިބްރާހީމް (ފުބޫ) އާއި ޝީލާ ނަޖީބް އަދި އަހުމަދު ސައީދުގެ އިތުރުން، ހާޒިފް މުހައްމަދާއި އާމިނަތު ނޫރާ އެވެ. މި ނޫން ބައެއް ތަރީންގެ ރޯލްތައް ވެސް ފެންނާނެ އެވެ.

ޑާކްރެއިންގެ މާޒީން މިއީ މުނިފޫހިފިލުވާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. މިރެއިން ފެށިގެން އޮލިމްޕަހުގައި ފިލްމު ދައްކަމުންދާނެ އެވެ. އަވަހަށް ޓިކެޓް ނަގާށެވެ. ޕްރިމިއާ ނައިޓުން ޓިކެޓް ގަނެފައިވާ ފަރާތްތަކުން މިރެއަށް ތައްޔާރުވާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް