ޑީއާރްޕީގެ ފަރާތުން މާލޭގައި ސައިކަލު ބުރެއް ބާއްވަނީ
ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ފަރާތުން ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެ ޕާޓީން މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް ނަހުލާ އަލީ ވިދާޅުވީ މި ސައިކަލު ބުރު އޮންނާނީ މާދަމާ ހަވީރު 5-6އަށް ވިލިނގިލި ފެރީ ޓާމިނަލް ކައިރީގައި އޮންނަ ހުސްބިން ސަރަހައްދުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން ހަމަ އެ ސަރަހައްދުގައި މާދަމާ ހަވީރު ހަތަރަކުން ފެށިގެން ޑީއާރްޕީއަށް މެންބަރުން ހޯދުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އެޕާޓީއަށް 3000މެންބަރުން ހަަމަވެފައިވާކަން އިއުލާންކުރައްވާފައެވެ.
އަދި ޖާބިރު ވަނީ އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހުވަދޫ އަތޮޅަށް ދަތުރުފުޅެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ފޮޓޯ: ވަގުުތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް