ޝަކޫރުގެ ކަށުނަމާދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިއްޔެ އަވަހާރަވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުاللهގެ ކަށުނަމާދު މިއަދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.
ކަށުނަމާދު ޕޭޖުފައިވާގޮތުން ޝަކުރުގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
ޢަބްދުއްޝަކޫރު ޢަބްދުالله ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިއްޔެ ހެނދުނު 10:15 ހާއިރު އިންޑިއާގެ ބެންގަލޫރުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 75 އަހަރެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ޢަބްދުއްޝަކޫރު އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކެއްގެ އިތުރުން، ސިފައިންގެ ތެރޭގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް