ނެޝަނަލް ރިފޯމް ޕާޓީ އުފައްދަން އިލެކްޝަނުން ހުއްދަ ދީފި
ޝައިހް މުހައްމަދު ދީދީ އުފެއްދުމަށް އިލެކްޝަންސްއަށް ހުށަހެޅުއްވި ނެޝަނަލް ރިފޯމް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ "ނެޝަނަލް ރިފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިއަދު ހުއްދަ ދީފައިވާކަމަށެވެ.
އެ ހުއްދަ ދީފައިވަނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ރަނިންމޭން ޝަހީމްގެ އަރިސް ބޭފުޅެއްކަމުގައިވާ، ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީ އަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ގިނަ އަދަދެއްގެ ޕާޓީ އުފެެއްދުމަށް ވަނީ އިލެކްޝަންސްއަށް ހުށަހަޅާފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީ އެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަސް ކޮންގްރެސް ޕާޓީ އުފެއްދުމަށް ހަމަ ކުރަންޖެހޭ 3000 ފޯމް މާދަމާ އީސީއަށް ހުށަހަޅާނެކަމަށް އެޕާޓީ ރަޖިސްޓަރ ކުރުމުގައި ެއިސްކޮށް ހުންނަވާ އަބްދުރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް