ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ޔާމީންއަށް ކަސްރަތުގެ ފުރުސަތެއް ނުދޭ: ވަކީލުން
ޑޮކްޓަރުންގެ ލަފަޔާއި އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަސްރަތު ކުރުމުގެ ފުރުސަތު ހަމަޖައްސައިދީފައިނުވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު އަބްދުﷲ ސިޔާޒް ވިދާޅުވީ ޑޮކްޓަރުން ލަފާދީފައިވާގޮތަށް ކަސްރަތު ކުރުމުގެ އިންތިޒާމު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހަމަޖައްސައިދީފައިނުވާކަމަށާއި، އެ މައްސަލަ ކަރެކްޝަންސްއާއި އެޗްއާރްސީއެމްއަށް ހުށައަޅާފައިވާނެކަމަށެވެ.
ސިޔާޒް ވަނީ ރައީސް ޔާމީންއާއި ބައްދަލުކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް އަދި ލިިބިވަޑައިގެންފައިނުވާކަން ފާހަގަކުރައްވާާފައެވެ. އަދި މާދަމާ އެމަނިކުފާނާއި ބައްދަލުކުރައްވަން ލިިބިވަޑައިގަންނަވާނެކަމަށް ސިޔާޒް ވަނީ ވިދާޅުވެފައެވެ.
މިރޭ 6:30 އެހާކަށްހާއިރު އެމަނިކުފާނު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްއަށް ގެނެވުނީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުން ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް