މާލޭގައި މުސްކުޅި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލައިފި
މާލޭގައި މުސްކުޅި އަންހެނެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ދެމީހަކު ފިލައިފިއެވެ.
މަންޒަރު ދުއްފަރާތަކުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ، އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހާއި ސްޓެލްކޯ ގުޅުނު ކަންމަތި ކައިރިންނެވެ.
އެ ހާދިސާގައި އެ އަންހެންމީހާއަށް އަނިޔާވީ މަގުހުރަސްކުރަން އުޅުމުގެ ތެރޭގައެވެ. އެ މުސްކުޅި މީހާގެ ގައިގައި ސައިކަލުން ޖެހުމުން އެ ސައިކަލާއި އެކު އެއަށް އަރައި ތިބި ދެ ޒުވާނުން ވަނީ ފިލާފައެވެ.
ވޮއިސްއަށް މައުލޫމާތުދިން ފަރާތުން ބުނީ އެ އަންހެންމީހާގެ ގައިގައި ޖައްސާފައިވަނީ ޖީއެން ސައިކަލެއް ކަމަށެވެ.
މި ހާދިސާގައި އެ އަންހެންމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިިބިފައެއް ނުވެއެވެ. މިކަންވަނީ ފުލުހުންނަށް ރިޕޯޓްކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް