ވައިގެ މަގުން ލަންކާއަށް ގެންދަން އުޅުނު ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވަން އުޅުނު ހަތްދިހަ ނުވަހާސް ދުއިސައްތަ ރުފިޔާ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްްސްއިން ބުނީ އިއްޔެ އެތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 38 ގްރާމްހުރި 99 ގުޅަ ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ލަންކާއަށް ގެންދަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.
ކަސްޓަމްސްއިން ބުނީ އެ އިދާރާއިން މިއަހަރުގެ މިހާތަނަށް 23.686ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް