އާޒިމާ ޝުކޫރުއާއި ދެކޮޅަށް ދައުވާކުރަން ހުށައަޅައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިިނިސްޓަރކަމުގެ މަގާމު އަދާކުރެއްވި އަލްއުސްތާޛާ އާޒިމާ ޝުކޫރުއާއި ދެކޮޅަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
ފުލުހުންގެ ފަރާތުން މިކަން ވަނީ މިރޭ ނެރުނު ބަޔާނެއްގެ ޒަރިއްޔާއިން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ އާޒިމާ ޝުކޫރުގެ މައްޗަށް ތުހުމަތުކުރެވެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިންގް ކުރުމަށް އެހީތެރިވެދިންކަމަށާއި ދައުލަތުގެ އިދާރާތަކަށް ދޮގުމައުލޫމާތުދީ އޮޅުވާލަން މަސައްކަތްކުރި ކަމުގެ ތުހުމަތު ކަމަށެވެ.
މިރޭގެ ބަޔާނުގައި ފުލުހުން ވަނީ ރައީސް ޔާމީންވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެން، މަނީ ލޯންޑަރިންގް ކުރެއްްވިކަމަށްބުނެ ދައުވާ ކުރުމަށް ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް