މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި
މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގެ އިތުރުން ފުލުހުން ގުޅިގެންނެވެ.
މިކަމާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ، މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ނަގަން ފަށާފައިވާ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅުވެސް މާލޭގެ މަގުމަތީގައި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކެއް ނަގާފައިވާއިރު، މިތަކެތި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ނައްތާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް