މިފަހަރުގެ ހަފްތާރެސް އޮތީ ހުޅުމާލޭގައި!
ހަފްތާ ނިންމާލުމުގެ ގޮތުން ވިޔަފާރިއާއި މުނިފޫހިފިލުުވުމުގެ ހަރަކާތްތަކާއި އެކު ކޮންމެ ހުކުރު ދުވަހެއްގައި ބާއްވާ ހަފްތާރެސް، މިއަދު ހުޅުމާލޭގައި ފެށިއްޖެއެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި ހަރަކާތް މިއަދު ހަވީރު ހުޅުމާލޭގައި ފެށިފައިވާއިރު، މި ހަރަކާތް ކުރިއަށްދަނީ ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައެވެ.
އާންމުގޮތެއްގައި މާލޭގައި މި ހަރަކާތް ބާއްވާއިރު، މިފަހަރު މި ހަރަކާތް ހުޅުމާލޭގައި ބޭއްވުމުން އެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވަނީ އެ ހަރަކާތްތައް ބަައްލަވާލައްވާފައެވެ.
ހަފްތާރެސްގައި ހުންނަ ސްޓޯލްތަކުގައި ކާބޯތަކެއްޗާއި މުުދާ ވިއްކައެވެ.
މި ހަރަކާތުގެ ހަވީރުގެ ދަންފަޅި ޚާއްސަކުރެވިފައިވަނީ އާއިލާތަކަށެވެ. އަދި ރޭގަނޑުގެ ދަންފަޅި ޚާއްސަ ކުރެވިފައިވަނީ ޒުވާނުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް