އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ހަބަރު 22 May 2024 | 07:57

ޗައިނާ އާއި އިންޑިއާއާއެކު ކުރެވޭ ވިޔަފާރީގެ މަސައްކަތްތަކުން ޑޮލަރުގެ ޑިމާންޑް ދަށްވާނެ: ސަޢީދު ‏⁦

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރައަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި, ދިވެހި ސަރުކާރުން ޑޮލަރުގެ އަގު ދަށްކޮށް ދިވެހި ރުފިޔާގެ ބާރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢީދު ވަނީ މައިގަނޑު ދެކަމެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން، ފައިސާ ޗާޕްކުރުން ހުއްޓާލުމުން ދިވެހި ރުފިޔާގެ އަގު މަތިވަމުން ގޮސްފައިވާ ކަމަށާ އަދި އިންޑިޔާ އަދި ޗައިނާއާއެކު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އެ ދެގައުމުގެ ފައިސާއިން ކުރެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާ، އެކަން އެހެން ވުމުންވެސް އިތުރަށް ދިވެހި ރުފިޔާ ވަރުގަދަ ވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ައެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ސަޢީދު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާ ކަމަށެވެ. އަދި ހަމަ އެ އަދަދާ ގާތްކުރާ އަދަދަކަށް ޑޮލަރުން ފައިސާ ދައްކައިގެން އިންޑިއާއިން ރާއްޖެއަށް  މުދާ ގެންނަ ކަމަށް އޭނާ ވިދާޅުވުއެވެ.

އެހެންކަމުން، ދެ ޤައުމުން 1.5 ބިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ގެންނަކަން ފާހަގަކުރައްވައި، ސަޢީދު ވިދާޅުވީ،  ޗައިނާ އަދި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހެދުމަށް މަޝްވަރާ ކުރެވުމުންދާ ކަމަށެވެ.

އަޅުގަނޑުމެން ޗައިނާ އާއި އިންޑިޔާއާ މި ވާހަކަ ދައްކަނީ އަޅުގަނޑުމެންނަށް އިންތިޒާމެއް ހަމަޖައްސަދޭށޭ، ޗައިނާއިން ގެންނަން ބޭނުންވާ މުދަލަށް، އެ މުދާ ގެންނަ ފަރާތްތަކުން އިންވޮއިސް ހޯދައިގެން ގެނައިމަ ދިވެހި ރުފިޔާއިން ބޭންކުތައް މެދުވެރިކޮށް އެ ބޭފުޅުންގެ ލޯކަލް ކަރަންސީން ފައިސާ ދެއްކޭނެ ގޮތް. އެއީ ޑޮލަރުން ކުރުމުގެ ބަދަލުގައި. އެކަން އެގޮތަށް ކުރެވިއްޖެ ނަމަ، މިސާލަކަށް 1.4 ބިލިއަން ރުފިޔާ މި ދެ މާކެޓް އެއްކޮށްލީމާ އެބަ އަރާ. އެއިން ގާތްގަނޑަކަށް 50 ޕަސެންޓް ހަމަޖެހުނަސް، ކޮންމެ ގައުމަކުން 300 މިލިއަން ޑޮލަރުގެ އަދަދެއް ހަމަޖެހުނަސް، އެއީ 600 މިލިއަން އެމެރިކާ ޑޮލަރު. އޭރުން އެ އަދަދުގެ ޑޮލަރުގެ ބޭނުން ކެންޑިގެންދާނޭ މުސްތަގުބަލުގައި. އެހެންވިއްޔާ ޑޮލަރުގެ ޑިމާންޑް ދަށްވަމުންތާ ދާނީ.

އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ސަޢީދު ވިދާޅުވީ، ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވެފައިވާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުވެސް އިންޑިއާ ސަރުކާރުގެ ޝައުގުވެރިކަން އެކަން އެގޮތަށް ކުރުމަށް ހުރިކަން ފާހަގަކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާރު ވަނީ ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ވީޗެޓް ޕޭ ގެ ޚިދުމަތް ވެސް ތައާރަފު ކޮށްފައިވާއިރު އިންޑިއާގެ "ރޫ ޕޭ" ގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ވެސް ދިވެހި ރުފިޔާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...