ފޮނަދޫގައި ހަށިވިއްކަމަށް ބޭނުންކުރާ ގެއެއް ރޫޅާލައިފި
ލފޮނަދޫ ވަލުތެރޭގައި ހުރި އެކިއެކި ޖަރީމާތައް ހިންގުމަށް ބޭނުންކުރަމުންދިޔަ ގެޔެއް ރޫޅާލައިިފިއެވެ.
ފުލުހުން ވިދާޅުވީ ލ. ފޮނަދޫ ކުރިގަމު އަވަށުގެ ވަލުތެރޭގައި ހަޓެއްގެ ސިފައިގައި ހަދާފައިވާ އެހަޓަކީ ރޯދަމަހުގެ ދުވާލު ކެއުމާއި، ހަށި ވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ގެއެއް ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
އަދި މި ގެއަކީ ކައުންސިލްގެ ހުއްދަނެތި ފޮނަދޫގެ ބަންޑާރަ ބިމެއްގައި އަޅާފައިވާ ތަނެއްކަން ފުލުހުން ވަނީ ފާހަަގަކޮށްފައެވެ. މިގޭގެ މައްސަލަ ފުލުހުންނާއި ޙިއްސާކޮށްފައިވަނީ އެރަށު ކައުންސިލުންނެވެ.
މި މައްސަލަ ކައުންސިލުން ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ކައުންސިލްގެ އެދުމުގެ މަތިން އެ ގެ ރޫޅައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް