ޑިމޮކްރެޓްސްގެ ރައީސްކަމުން ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށް އެދި ގަރާރެއް ހުށަހަޅައިފި!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހަސަން ލަތީފް، އިސްތިއުފާ ދެއްވުމަށް އެދި އެޕާޓީގެ ޖެނެރަލް އެސެމްބްލީގެ ގިނަ މެމްބަރުންތަކެއް ސޮއިކޮށް ގަރާރެއް ހުށަހަޅައިފިއެވެ.
ގަރާރުގެ ކޮޕީއެއް ވޮއިސްއަށް ލިބިފައިވާއިރު، މެމްބަރުން ސޮއިކޮށް އެ ގަރާރު ހުށަހަޅާފައިވަނީ މިއަދެވެ. އެ ގަރާރުގައި ބުނެފައިވާގޮތުން ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފް ވަކިކުރުމަށް ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ، ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ގަސްދުކުރައްވާކަމަށް އޭނާ ވިދާޅުވަމުންގެންދިއުމެވެ.
އެވާހަކަ ހަސަން ލަތީފް ދައްކަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ޕާޓީގެ ރައީސްކަމުގެ މަގާމުން އަދިވެސް އިސްތިއުފާ ދެއްވާފައި ނުވާތީވެ، އެކަމާ ކަންބޮޑުވާކަމަށް، ޑިމޮކްރެޓްސްގެ ޖެނެރަލް އެސެމްބްލީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް