N/A
N/A
ހަބަރު 27 Jun 2019 | 13:04

ހައްޖު މޫސުން ނިމެންދެން ޝަކުވާ މަޑު ޖައްސާލުމަށް ސިސިލްފަރުން އެދިއްޖެ

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކޮށްފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައްސަލަ، ހައްޖު މޫސުން ނިމެންދެން މަޑު ޖައްސާލުމަށް އެގްރޫޕުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ނިންމައިފިއެވެ.

ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޓާ ދިނުމުގައި މައްސަލަޖެހި، އޭސީސީން އެކަން ބެލި ބެލުމުގައި ކޯޓާ ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއްނެތި، ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތުމާއި އިވެލުއޭޝަން ކޮމެޓީގައި ކޯޓާ ލިބުނު ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވުމާއި އަދި އިވެލުއޭޝަން ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ހުރިކަން އޭސީސީން ފާހަގަކޮށްފައިވާކަމަށެވެ.

ސިސިލްފަރުން ބުނި ގޮތުގައި، އެޖަމާއަތުން އެދެނީ ވީހާވެސް އަވަހަކަށް މިއަހަރު ކޯޓާ ދީފައިވާ ގްރޫޕުތަކުން ހައްޖަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން މަގުފަހިކޮށްދިނުމެވެ.

އަދި އަންނަ އަހަރުގެ ހައްޖުގެ ކަންކަން މިއަށްވުރެ އިންސާފުވެރި، ހަރުދަނާ ގޮތަކަށް ސަރުކާރުން ކުރިއަށް ގެންދިއުމަށާއި އޭގެ ތެރޭގައި މިފަހަރު ނުހައްގުން ކޯޓާއިން މަހުރޫމުކުރި ގްރޫޕުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ސިސިލްފަރުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ނަމަވެސް ހައްޖު ކޯޓާ ލިބުނު ޖަމާއަތްތަކަށް ފައިސާ ދައްކާފައިވާ ދިވެހިންގެ ހައްޖު ދަތުރަށް ސީދާކޮށާއި ނުސީދާކޮށް ވިޔަސް ހުރަސް އެޅުމަކީ އެ ކުންފުނިން އެއްވެސް ހާލަތެއްގައި ކުރާނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

އަދި ހައްޖުގެ އަޅުމުގެ ދުވަސްތަކަށް ކުޑަތަންވާއިރު ހައްޖުގެ ތައްޔާރީތައް ލަސްވެވެގެން ދިއުމަކީ އެ ކުންފުނިން އެދެނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ހައްޖާ ގުޅޭ ރަސްމީ ކަންކަން ކުރަން ޖެހޭނީ އެ ކަމަށް ހާއްސަ އީ-ޕޯޓަލްއަކުން ކަމުގައިވާއިރު އެ ޕޯޓަލްގެ ހިދުމަތް، މިނާ ހައްޖު ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ދީފައި ނުވާތީ އެ ގްރޫޕުން ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ބުނާތީ އެ ކަމުގެ ކަންބޮޑުވުން ވެސް ސިސިލްފަރު ކުންފުނިން ފާޅުކުރިއެވެ.

ސިސިލްފަރުން މިއަދު ބަޔާން ނެރުނު ފަހުން، މިނާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދާ މީހުންނަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...