ކުންފުނިތަކުގެ އެހީގައި ކިޔަވާކުދިންނަށް ސްކޮލަރޝިޕް ދެނީ
ރާއްޖޭގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިިތަކާއި އަމިއްލަ ކުންފުނިތަކުގެ އެހީގައި ކިޔަވާ ކުދިންނަށް ސްކޮލަރޝިޕް ލިބޭނެ ސްކީމެއް އިފްތިތާހުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މި ސްކީމް އިފްތިތާހުކޮށްފައިވަނީ މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި ސްކީމް ގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ބޭރުގެ ޔުނިވަރސިޓީތަކާއި ދެމެދު ވެފައިވާ ޕާޝަލް ސްކޮލަރޝިޕް ނުވަތަ ކޯސްފީގެ އެއްބައި ހިމެނޭ ފުރުޞަތުތަކުގައި، ކުންފުނިތަކާއި ގުޅިގެން ކުންފުނިތަކުން އެ ކޯސްފީގެ ބާކީބައި ދައްކާ އުސޫލެއް ގާއިމްކޮށްދިނުމެވެ.
މި އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާއި ހިސާބަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދު ތައާރަފްކުރި ސްކީމްގެ ދަށުން ކޯޕަރޭޓް ފަރާތްތަކުގެ އެހީގައި ކިޔަވާ ދަރިވަރުންނަށް އެކުންފުނިތަކުން ވަަޒީފާ ހަމަޖެހިގެންދާނެއެވެ.
މި ސްކީމްގައި ބައިވެރިިވި ސަރުކާާރު ހިއްސާވާ ކުންފުނިތަކަކީ އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލްއެވެ. އަމިއްލަ ކުންފުނިތަކުގެ ތެރެއިން މި ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވާ ފަރާތްތަކަކީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް