މިބަދަލު ސަޅިވެފަ ބޭނުންތެރި!
މާލޭ ސިޓީ ކައުންސިލުން މާލޭ މަގުމަތީ ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޕަލެޓް ނެގުމަށް ފަހު ޕޭމަންޓަށް އަރާ ފޭބުމަށް ރޭންޕް ހަދަންފަށައިފިއެވެ.
ސިޓީ ކައުންސިލުންކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަގުތަކުން ޕަލެޓްތައް ނެގުމަށް ފަހު ފަސޭހަ ކަމާއެކު ޕޭމަންޓްއަށް އަރާ ފޭބުމާއި، ގެއަށް ވަދެ ނިކުތުމަށް އެކްސެސް ޕޮއިންޓްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
އިއްޔެ މާލޭގެ މަގުމަތިން 700 އަށް ވުރެ ގިނަ ޕަލެޓް ނަގާފައިވާ އިރު، ޢާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސިޓީ ކައުންސިލަށް އަމާޒުކޮށްފައެވެ. އެގޮތުން ގޭގެއަށް ވަދެ ނިކުމެ ހެދުމަށް އުދަގޫވާ ދަރަޖައަށް ކަންކަން ދިޔުމުން މަގުމަތީ ބަހައްޓާފައިވާ ޕެލެޓް، އެކަމަށް އެކަށޭނެ ހައްލު ގެނެސް ނުދެއްވާ މާލޭ ސިޓީ ކައުންސިލުން މިފަދަ ކުއްލި ނިންމުމެއް ނިންމުން ވީ ގިނަ ބަޔަކަށް ބޮޑެތި އުދަގޫތަކާ ކުރިމަތިލާންޖެހުނު ކަމެއްކަމަށް ސޯޝަލް މީޑިއާގައި ޙިޔާލު ފާޅުކުރި ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް