އަނބިމީހާއަށްޓަކައި 55 ހާސް ހެދުން ގަނެދީފި
އެމެރިކާއަށް ނިސްބަތްވާ އުމުރުން 83 އަހަރުގެ ފިރިހެނަކު، 61 އަހަރު ވަންދެން އޭނާގެ އަންހެނުންނަށްޓަކައި ޚާއްސަ މުނާސަބަތުތަކުގައި ލުމަށް ހެދުން ގަނެދީފިއެވެ.
މިކަމުގެ ސަަބަބުން ޖަރުމަނުވިލާތަށް ނިސްބަތްވާ އޭނާގެ އަނބިމީހާއަށްވަނީ 55،000 އެއްހާ ހެދުން ލިބިފައެވެ.
ޕައުލް ބްރޮކްމަން ނަމަކަށް ކިޔާ މި މީހާ ބުނިގޮތުގައި އޭނާގެ އަންހެނުންގެ ހެދުންތައް ރައްކާކުރުމަށް އޭނާވަނީ އޭނާގެ ގަރާޖުގައި ޚާއްސަ ކްލޯޒެޓެއްވެސް ހަދާފައެވެ. މި ކްލޯޒެޓްއަކީ 50 ފޫޓުގެ ތިން ކޮންޓޭނަރުކަމަށް އޭނާ ވަނީ ބުނެފައެވެ.
ޕައުލް ބުނިގޮތުގައި އޭނާގެ އަންހެނުންނަށް އޭނާ މިހެން ހެދުން ގަނެދިނީ، އޭނާގެ އަންހެނުން އެއް ހެދުމެއް ދެފަހަރުލިޔަ ނުދިނުމަށްކަމަށެވެ.
ޕައުލްގެ ގަރާޖުން ޖާގަހުސްވުމުން ހެދުން ގަތުން ހުއްޓާލާފައިވާއިރު، އޭގެން ބައެއް ހެދުންތައް ވިއްކާލުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް