އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަނީ
އަންނަ އާދިއްތަ ދުވަހު ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭއްވި ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށައެޅި ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސްކުރުމަށް ބާއްވާ ޖަލްސާއެކެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގައި ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އިބްތިދާއީ ބަހުސް ބޭއްވޭނީ، ހަތް ދުވަސް ފަހުންނެވެ. ނަމަވެސް ޕީޖީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވާނަމަ ތިން ދުވަސް ފަހުންވެސް ބޭއްވޭނެއެވެ. ނަމަވެސް މި ބިލަށް އެގޮތަށް ބަހުސްކުރުމަށް ހުރިހާ ޕީޖީ ލީޑަރުންގެ އެއްބަސްވުމެއް ލިބިފައެއް ނުވެއެވެ.
މި ބިލްގެ ކަންކަމާއި މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް