އައްޑޫ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ދަރިވަރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތިކޮށްފައި ކަމަށެވެ.
އަދި އެ ދަރުވަރުންތައް ބަލިވާން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެ ދަރިވަރުންތައް ބަލިވީ، ފުޑް ޕޮއިޒަނިން، ނުވަތަ ކާނާ ވިހަވެގެން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
އަދި ފަރުވާ ދިނުމަށްފަހު ދަރިވަރުންތައް މިހާރު އަނބުރާ ކޮލެޖަށް ގެންދަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް