އެމްޑީޕީން އަދާލަތު ޕާޓީއަށް ބައެއް ގޮނޑިތައް ދޫކޮށްލަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ވާދަކުރުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ކޯލިޝަން ހަދާ އިރު، ބައެއް ގޮނޑިތައް އެމްޑީޕީން ދޫކޮށްލުމަށް މަޝްވަރާ ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ވަނީ އެކަމުގެ ވާހަކަތައް ދެކެވިފައެވެ.
އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީއަށް ހުށައަޅާފައިވަނީ ދެ ޕާޓީން ވެސް ބައެއް ދާއިރާތަކުގައި ދޫ ދީގެން، އެކުގައި ވާދަކުރުމަށްކަން ފާހަގަކޮށްލެވެއެވެ.
އެޕާޓީއަށް ގޮނޑިތައް ދޫކޮށްލުމުގެ ނުރަސްމީ މަޝްވަރާތައް ކުރިކަމުގައިވިޔަސް، އެކަން ރަސްމީގޮތުން ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ޖަލްސާއަކުންނެވެ.
ދެފަރާތުން ދޫދޭނީ ކޮން ދާއިރާތަކެއްކަމެއް އަދި ޔަގީންވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް