ސަރުކާރަށް ފާޑުކިޔައި ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.
މިކަން އަންގައި ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިއަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓް ބަލައި އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން، ހަވާލާދީފައިވާ އެ މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި މި ލިޔުމުގައިވާ ގޮތުން މި ލަވައިގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް