N/A
N/A
ހަބަރު 11 Jan 2019 | 06:44

ރައީސާއި ވަޒީރުންގެ އެސެޓް އިއުލާންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ކެބިނެޓް މިނިސްޓަރުންގެ މާލީ ބަޔާންތައް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސާލިހްގެ އެސެޓް ޑިކްލެރޭޝަން ފޯމްގައި ހާމަކޮށްފައިވަނީ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ހަމަސް ދުވަސްކުރިން އެމަނިކުފާނުގެ އެސެޓްގައި ހުރީ 1.53 މިލިޔަން ރުފިޔާއެވެ. އެއީ މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންފައިހުރި އެއްޗެކެވެ.އޭގެއިތުރަށް ޅ. ހިންނަވަރުގައި ނޫރާނީ ކިޔާ ބަންޑާރަ ގޯއްޗެއް އޮވެއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމުގެ އެސެޓްގެގޮތުގައި ހާމަކޮށްފައިވަނީ މުސާރައާއި އެލަވަންސްގެ ގޮތުގައި 1.71 މިލިޔަން ރުފިޔާއެވެ. މީގެއިތުރަށް ފުވައްމުލަކުގައި 10.5 މިލިޔަން ރުފިޔާގެ އިމާރަތެއް ހުރެއެވެ. ހުޅުމާލޭ ވަން އެވެނިއުގައި 6.2 މިލިޔަން ރުފިޔާގެ ދެ ފްލެޓަކާއި ފަސްލައްކަ ރުފިޔާގެ ދެ ކާރާއި 2 ލައްކަ ހަތްދިހަ ހާސް ރުފިޔާގެ ހަ މޮޓޯ ސައިކަލް ހުރެއެވެ.

އިންތިޚާބުގެ ހަމަހުގެ ކުރިން ކެބިނެޓް ވަޒީރުންގެ މުއްސަނދިކަމަށްބަލާއިރު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އެސެޓްގެ ގޮތުގައި ޑިކްލެއަރކުރައްވާފައިވަނީ މުސާރައާއި އެލަވަންސްގެ ގޮތުގައި 4 ލައްކަ 74 ހާސް ރުފިޔާއާއި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 2.25 މިލިޔަން ރުފިޔާއެކެވެ. އަދި މިލްކިއްޔާތުގެތެރޭގައި ހ ރަބީއީ މަންޒިލް ކިޔާ ގެއާއި އިނގިރޭސިވިލާތުގައި ހުންނަގެއަކާއި އެއް ކާރު ހިމެނެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އެސެޓްގައި ހިމެނެނީ މުސާރައާއި ކުލީގެ ގޮތުގައި ލިބިފައިވާ 8 ލައްކަ 44 ހާހަކާއި . އޮއިނާށި ކިޔާ ގޯއްޗަކާއި އިމާރާތަކާއި ލ ގަމުގައި ހުންނަ ގެއަކާއި ދޮން ހިޔަލަ ޕްރައިވެޓް ލިމިޓެޑްގެ 57 ޕަސެންޓް ހިއްސާއަކާއި ފިހާރައަކާއި ތިން އެޕާޓްމަންޓެވެ. އޭގެ އަގެއް ހާމަކުރައްވާފައެއް ނުވެއެވެ.

ނޭޝަނަލް ޕްލޭނިން މިނިސްޓަރ އަހުމަދު އަސްލަމްގެ ވިޔަފާރީގެ ފައިދާގެ ގޮތުގައި 3.11 މިލިޔަން ރުފިޔާގެ އަގެއް ހިމަނުއްވާފައިވެއެވެ. އެޗްޑީ އެފްސީން ނަގާފައިވާ ދަރަނިތަކެއް ހިމެނެއެވެ. ފިނޭންސް މިނިސްޓަރގެ އެސެޓްގައި ހިމަނާފައިވަނީ އެއްލައްކަ 84 ހާސް ރުފިޔާއެވެ. އެއީވެސް މުސާރައިން ޖަމާކުރި ފައިސާއެވެ. މޮޓޯސައިކަލްގެ މުއާމަލާތެއްވެސް ހިމެނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިބްރާހިމް ހަސަންގެ މިލްކިއްޔާތުގެ ގޮތުގައި ލިޔެފައިވަނީ ވަރަށް ގުނައެއްޗެހި ގޭގެ ކުއްޔާއި އިސްލާމިކް އެލެވަންސްތަކާއެވެ. ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް ޖަމާލްގެ އެސެޓްވެލިއުގެ ގޮތުގައި ހާމަކޮށްފައިވަނީ މުސާރައާއި އެލަވަންސާއި ވިޔަފާރި ފައިދާގެ ގޮތުގައި 7 ލައްކަ 20 ހާހެވެ. މީގެ އިތުރަށް ހިތާބީޗް މޯލްޑިވްސްގެ 3 މިލިޔަން ރުފިޔާއާއި ކާފު މާޓްގެ 8 ލައްކަ ރުފިޔާއަކާއި އެމްޓީސީސީގެ 16 ހާސް ރުފިޔާގެ ހިއްސާއެއްވެސް ހިމެނެއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އެސެޓް ވެލިއުއަކީ މުސާރައިގެ ގޮތުގައި ލިބިފައިވާ 3 ލައްކަ 90 ހާސް ރުފިޔާއެކެވެ. ދެން އޮންނަނީ 5 މިލިޔަން ރުފިޔާގެ ލޯނެކެވެ. އެހެން ބައެއް މިނިސްޓަރުންގެވެސް ލޯންތައް ހުރެއެވެ. އެސެޓްގެ ގޮތުގައި ހަމައެކަނި މުސާރަ ހުރިކަމަށް ހާމަކޮށްފައިވިޔަސް އަމީންއަކީ އޮޑެގައްލާ ރެސްޓޮރަންޓް އޯނަރުކަމަށް ކުރިން ބެލެވިފައި ވެއެވެ. އެހެންނަމަވެސް އެވިޔަފާރި އެސެޓްގެ ގޮތުގައި ނެތުމުން އެއީ ރަނގަޅު ހީއަކަށް މިހާރު ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު އަލީގެ އެސެޓްގެ ގޮތުގައި ހާމަކޮށްފައިވަނީ މުސާރައިގެ ގޮތުގައި ލިބިފައިވާ 1 ލައްކަ 26 ހާސް ރުފިޔާއެކެވެ.

ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އެސެޓަކީ ހަމައެކަނި އެސްޓީއޯގައި އޮންނަ 2400 ރުފިޔާގެ ހިއްސާއެކެވެ.

އާޓްސް މިނިސްޓަރ ޔުމްނާ މައުމޫންގެ ތަނަވަސްކަމުގައި ހިމެނެނީ ފިހާރައިގެ ކުލީގެ ގޮތުގައި އޮތް 2 ލައްކަ 10 ހާސް ރުފިޔާއެކެވެ. އޭގެއިތުރަށް ޗާންދަނީ މަގުގައި ހުންނަ 1/29 ނަމްބަރ ފިހާރައާއި ލިބާސް ޕްރައިވެޓް ލިމިޓެޑާއި ޑަބަލް ސްޕޭސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. ޗަންދަނީ މަގު ފިހާރައިގެ މައްސަލަ ކޯޓް މަރުހަލާއެއްގައި އުޅޭކަން ފާހަގަކުރައްވާފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އެސެޓަކީ ކުލީގެގޮތުގައި އޮންނަ 1 ލައްކަ 50 ހާސް ރުފިޔާއެކެވެ. އަދި އޭގެއިތުރަށް ހުޅުމާލޭގައި 5.4 މިލިޔަން ރުފިޔާގެ ލޮޓް އެއް އޮވެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއަށް 4 ލައްކަ 57 ހާސް ރުފިޔާއަކާއި 3 ލައްކަ 96 ހާސް ރުފިޔާ ކޮންސަލްޓަންސީ ފީގެ ގޮތުގައި ލިބިފައި ވެއެވެ. އޭގެ އިތުރަށް ރެއިންބޯ ރަނަރ ބޯޓާއި ސަދާން ސީޒް ޕްރައިވެޓް ލިމިޓެޑްގެ 25 ޕަސެންޓް ހިއްސާއާއި ހަބޭސް ޕްރައިވެޓް ލިމިޓެޑާއި ލަގްޒަރީ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ޔެލޯ ޕޭޖަސްއާއި ޕްރެސްޓިޖް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮންނަކަމަށް ހާމަކޮށްފައިވެއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާގެ ތަނަވަސްކަމަކީ މުސާރައިގެ ގޮތުގައި ލިބިފައި އޮންނަ 2 ލައްކަ 40 ހާސް ރުފިޔާއެކެވެ. އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ހާމަކުރައްވާފައިވަނީ މުސާރައިގެ ގޮތުގައި ލިބިފައިވާ 1 ލައްކަ 90 ހާސް ރުފިޔާއެކާއި ހުޅުމާލޭގައި ހުންނަ 4 ލައްކަ ރުފިޔާގެ ފްލެޓެކެވެ.

ހައުސިން މިނިސްޓަރ އައިމިނަތު އާތިފާގެ ތަނަވަސްކަމަކީ ލިވިން އެލަވަންސެއްގެ ގޮތުގައި އޮންނަ 90 ހާސް ރުފިޔާއެކެވެ.

ޔޫތު މިނިސްޓަރ މަހްލޫފްގެ އެސެޓްގައި މުސާރައިގެ ގޮތުގައި އޮންނަ 4 ލައްކަ 22 ހާސް އަކާއި އެހެނިހެންގޮތްގޮތުން ލިބިފައިވާ 75 ހާސް ރުފިޔާއެއް ހާމަކޮށްފައިވެއެވެ. އަދި 85 ހާސް ރުފިޔާގެ މޮޓޯ ސައިކަލެއްވެސް ހުރެއެވެ.

ޖެންޑަރ މިނިސްޓަރ ސިދާތާގެ ތަނަވަސްކަމުގައި އޮންނަކަމަކަށް ހާމަކޮށްފައިވަނީ މުސާރައިގެ ގޮތުގައި ލިބިފައި އޮންނަ 1 ލައްކަ 14 ހާސް ރުފިޔާއެކެވެ.

އެންވަޔަރމަންޓް މިނިސްޓަރ ޑޮކްޓަރ ހުސައިން ރަޝީދުގެ އެސެޓްގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައި އޮންނަ 60 ހާސް ރުފިޔާއަކާއި 10 ހާސް ރުފިޔާއާއި 25 ހާސް ރުފިޔާގެ ދެ މޮޓޯ ސައިކަލެވެ.

އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އެސެޓްގައި ހިމެނެނީ މުސާރައާއި އެޓަރނީ ފީގެ ގޮތުގައި 3 ލައްކަ 39 ހާސް ރުފިޔާއާއި ދިރާގުގެ ހިއްސާގެ ފައިދާއަށް ލިބިފައިވާ 2952 ރުފިޔާއާއި އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ލިބިފައިވާ 5500 ރުފިޔާއެވެ. އޭގެއިތުރަށް 35 ހާސް ރުފިޔާގެ ސައިކަލަކާއި 51 ހާސް ރުފިޔާގެ ސައިކަލަކާއި އެމްޓީޑީސީގެ އެގާރަ ހާސް ހިއްސާއާއި ދިރާގުގެ 250 އެސްޓީއޯގެ 100 އަދި ބީއެމްއެލްގެ 70 ހިއްސާއެކެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އެސެޓްގެ ގޮތުގައި ޑިކްލެއަރކުރައްވާފައިވަނީ އަމީން އެވެނިއުގެ 2.5 މިލިޔަން ރުފިޔާގެ އެޕާޓްމަންޓަކާއި 50 ހާސް ރުފިޔާގެ ސައިކަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...