ރާއްޖޭގެ ސަރުކާރާއި ގާތުން މަސަައްކަތް ކުރަން ބޭނުން: ސިންގަޕޫރުގެ ސަފީރު
ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއާން ޕޯ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
މި ބައްދަލުވުން މިއަދު ހެނދުނު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުޚާބާ ވިދާޅުވެ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ގުޅުމުގެ މައްޗަށްއަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއި، ރީހެބިލިޓޭޝަނާއި، ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ބެހޭގޮތުން ދެބޭފުޅުން ވަނ މަޝްވަރާކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި، ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް