ޕްރޮގްރެސިވް ކޯލިޝަނުން އެމެރިކާގެ ސަފީރާއި ބައްދަލުކޮށްފި
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު، އަލައިނާ ބީ ޓެޕްލިޓްޒްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެ ކޯލިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ސައީދު، އަދި ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ކަމަށާ އެގޮތަށް ހުރެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
އެބޭފުޅާ އިތުރަށް ރައީސް ޔާމީން ހައްޔަރު ކުރި މައްސަލައިގެ ރަނގަޅު ތަހުގީގެއް ހިންގާފައިނުވާ ކަމަށާއި ރަނގަޅު ތަހުގީގެއް ހިންގާނަމަ އެކަން އިނގޭނެ ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި އެމްބެސެޑަރު، ވަނީ ޕީއެންސީން ހިއްސާކުރި ކަންބޮޑުވުންތައް ދިރާސާކުރާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް