ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް ހިންގާ ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ
ހުޅުމާލޭ ފޭސް 1 ގައި ގްރޫޕް މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަ ކުރެއްވި ގޮތުގައި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ، މިރޭ 21:00 ހާއިރެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ އިންޑިޔާގެ ބަޔަކާއި ދިވެހިންގެ ބަޔަކާ ދެމެދުއެވެ. އަދި މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ޕާކެެއްގެ ތެރޭގައެވެ. އަދި މި މައްސަލައިގައި މިހާތަނަށް ވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
މި މާރާމާރީގައި އެއްވެސް ކުޑަކުއްޖަކު ނުހިމެނޭ ކަމަށާއި، ހަމަނުޖެހުން ހިންގި މީހުން ދެނެގަނެ މައްސަލަ ތަޙްޤީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް