މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓްކުރީ ތައިލެންޑަށް
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓްކުރި ތަކެތީގެ 100% ހިއްސާކުރަނީ މަސްވެރިކަމުގެ ސިނާއަތެވެ. އެގޮތުން ރާއްެޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ.
މި އެކްސްޕޯޓްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 47އިންސައްތައެވެ.
މީގެ އިތުރުން މިދިޔަ މަހު ދިވެހިރާއްޖެއަށް އިމްޕޯޓްކުރި މުދަލުން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
މި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 286 މިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް