ފުލުހަކަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗަކުން ފުލުހަކާއި މީހަކަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އދ. ދަނގެތި، ލިލީގެ ޙުސައިން ފާއިޤެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހު 18:30 ހާއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް ފާއިގު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި، އެ ވަގުތު ފާއިގު ހުއްޓުވަން އުޅުނު ފުލުހަކަށްވެސް ހަމަލާ ދޭން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގީ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް