ިއިބްރާއަށް ގާނޫނު އަރާ ހަމަނުކުރާތީ ކަންބޮޑުވަން: ސަލަފްގެ ރައީސް
މަންދު ކޮލެޖްގެ އިސްވެރިޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)އާއި ހަަމައަށް ގާނޫނު އަރާ ހަމަނުކުރާ މައްސަލައިގައި ޖަމިއްޔަތުލް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝައިޚް އަބްދުﷲ މިހެން ވިދާޅުވީ "އެމްޑީއެން އަކަސް، ސަލަފް ޖަމިއްޔާ އަކަސް، ސިޔާސީ ޕާޓީއަކަސް، އެކްޓިވިސްޓަކަށް، ޝެއިހަކަސް، ސިޔާސީ މީހަކަށް ޤާނޫނާއި ހިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަންވީ. ހަމަޖެހުން ލިބޭނީ އޭރުން" ކަމަށް އިބްރާ ވިދާޅުވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެބޭފުޅާ ފުލުހުން ޓެގްކުރައްވާ ވިދާޅުވީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގާނޫނު ތަންފީޒުނުކުރެވުން ކަމަށް ވިދާޅުވާ އިބްރާ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ވާހަކަ ދެއްކުމުގެ ކުށްކޮށްގެން 21 ޖެނުއަރީ 2019ގައި ސަލަފުން ހޯމް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާއަށް މައްސަަލަ ހުށައެޅުއްވި ކަމަށެވެ.
ނަމަވެސް މިއަދާއި ހަމައަށް އައިއިރު، ކަމާއިބެހޭ ފަރާތްތަކުން އިބްރާގެ މައްޗަށް ގާނޫނު ތަންފީޒުކުރައްވާފައި ނުވާތީ މިފަދަ އެތައް ބަޔަކަށް ހިތްވަރުލިބޭތަން ފެންނަމުންދާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އަބްދުﷲ ވަނީ އެ ޓްވީޓާއި އެކު، ހޯމް މިނިސްޓަރ އިމްރާނަށް ފޮނުއްވި ސިޓީއެއްގެ ކޮޕީއެއް ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް