ބްރޯޑްކޮމްއިން ނަބާހުވެސް އިސްތިއުފާދީފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން އެ ކޮމިޝަންގެ މެންބަރު ހަސަން ނަބާހު އިސްތިއުފާދެއްވައިފިއެވެ.
ނަބާހު މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ އިސްތިއުފާގެ ސިޓީ ހުށައަޅާފައެވެ.
ނަބާހު އެ ސިޓީ ހުށައަޅާފައިވަނީ އެއީ މިވަގުތަށް ފެންނަ އެންމެ ރަނގަޅު ގޮތްކަމަށް ބުނެއެވެ.
އެބޭފުޅާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވުނީ 5 އޭޕްރިލް 2016 ވަނަ އަހަރުގައި، ކުރީގެ ރައީސް އަބްދުﷲ ޔާާމީންގެ ސަރުކާރުގައެވެ.
އެ މަގާމުން ނަބާހު އިސްތިއުފާދެއްވި އިރު، ދާދިފަހުން ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ސޮފްވާންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް