ފެލިވަރުގައި ކާނާ ވިހަވީ ކެމިކަލެއްގެ އަސަރުން ކަމަށް ބެލެވޭ: އެޗްޕީއޭ
ޅ.އަތޮޅު ފެލިވަރުގައި ހުންނަ ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކާނާ ވިހަވެފައިވަނީ ކާނާއަށް އިންސެކްޓިސައިޑް (ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް) އަސަރު ކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ފެލިވަރުގައި ކާނާ ވިހައުމުގެ މައްސަލައާ ގުޅިގެން، ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އާދީއްތަ ދުވަހު ފެލިވަރަށް ޒިޔާރަތްކޮށް ބެލި ބެލުމުން މިމަހުގެ 8 ވީ ހުކުރު ދުވަހު އެތަނުގެ މުވައްޒަފުން ދިރިއުޅޭ ކުއާޓަރުތަކަށް އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް (އިންސެކްޓިސައިޑް) ސްޕްރޭ ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
ސްޕްރޭކޮށްފައިވާ ސްޕްރޭގެ އަސަރު އެތަނުގައި ބޭނުންކުރި ކާބޯތަކެއްޗައް ކޮށްފައިވާކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ކާނާ ވިހަވުމުގެ ސަބަބަބުން ހާލު ދެރަވި 4 މީހަކަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދަނީ ދެމުންނެވެ. ނަމަވެސް މި މީހުންގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ހަވާލާދީ އެޗްޕީއޭއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް